CashCardFraud

ބޭންކް އޮފް މޯލްޑިވްސްގައި އެކި ފަރާތްތަކުން ހުޅުވާފައިވާ އެތައް އެކައުންޓްތަކަކުން، އެ އެކައުންޓުތަކުގެ ވެރިފަރާތަށް ނޭނގި ގިނަ ޢަދަދެއްގެ ފައިސާ ނަގަމުން ދިޔަ 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ވީޑިއޯއިން ފެންނަ ދެމީހުން ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެކި ފަރާތްތަކުން ހުޅުވާފައިވާ އެތައް އެކައުންޓްތަކަކުން، އެ އެކައުންޓުތަކުގެ ވެރިފަރާތަށް ނޭނގި މާލޭގެ އެކި ސަރަޙައްދުތަކުގައި ބޭންކް އޮފް މޯލްޑީވްސް އިން ބަހައްޓާފައިވާ އޭ.ޓީ.އެމް ތަކުން ގިނަ ޢަދަދެއްގެ ފައިސާ މި އަހަރުގެ އޮކްޓޯބަރު މަހުގެ 17 އަދި 18 ވަނަ ދުވަހު ނަގާފައެވެ.

ވީމާ މި ވީޑިއޯއިން ފެންނަ 2 މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އިނގޭ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްގެ ނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހުން އަންގާވާދެއްވުން އެދެމެވެ.

މިފަދަ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގައި ދަންނަވަމެވެ. އަދި މިފަދަ މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.