1

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލޭގައި ކުރިއަށްދާ ހަރަކާތްތަކާ ގުޅިގެން 2022 ޖަނަވަރީ 8 ވަނަ ދުވަހުގެ 12:00 އިން ފެށިގެން، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަދި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ޕާކިން ޒޯންތަކުގައި ޕާކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ޒޯންތަކުގައި ހުރި އުޅަނދުތައް ޖަނަވަރީ 7 ވަނަ ދުވަހުގެ 20:00 ގެ ކުރިން ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ދަންނަވަމެވެ.

މީގެ އިތުރުން، ޗާޓުގައި ފާހަގަކޮށްފައިވާ ފަޅުގެ ސަރަހައްދުވެސް ބަންދުކޮށް އުޅަނދުތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އާންމު ހުރިހާ އުޅަނދުތައް ޖަނަވަރީ 8 ވަނަ ދުވަހުގެ 06:00 ގެ ކުރިން ނަންގަވައި އެ ސަރަހައްދު ހުސްކޮށްދެއްވުމަށްވެސް ދަންނަވަމެވެ.

މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ވަރަށް ބޮޑު އެދުމެއްކަމުގައިވެސް ދަންނަވަމެވެ.