މިދޫ

ދ.މީދޫގައި ދިރިއުޅޭ އަންހެނުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

“މަކަރާތް ހީލަތް” މި މައުލޫއަށް އަލިއަޅުވާލާއިގެން މީދޫ ކައުންސިލް އިދާރާ އަދި މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގެ އެހީތެރިކަމާއެކު މީދޫގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

 މީދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން މަކަރާ ހީލަތުގެ އެކި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި މަކަރާ ހީލަތް ހެދުމަށް މަސައްކަތްކުރާ ގޮތާއި އެފަދަ ކަންކަން ދެނެގަންނާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ އަމަލެއް މީހެއްގެ ފަރާތުުން ފާހަގަވެއްޖެނަމަ އަމަލުކުރާނެ ގޮތްތައް އޮޅުންފިލުވައިދީފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން މަކަރާ ހީލަތުގެ މައްސަލަތަކާ ގުޅޭގޮތުން  ބައިވެރިންނަށް މައުލޫމާތު ލިބިފައިވާ މިންވަރު ދެނެގަތުމުގެ ގޮތުން ގުރޫޕް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.  މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ދ.ބަނޑިދޫގައި ޕޮލިސްގައި މަސައްކަތްކުރާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއިލް އަހްމަދާއި ސަބް އިންސްޕެކްޓަރ އޮފް އަޙްމަދު ނަސީރެވެ.