plc

ކުލަބް މޯލްޑިވްސް ކަޕް 18/30 ވުމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގައި ޕޮލިސް ކުލަބާއި އެންމެ ފަހު ޗެމްޕިއަން އެމްޕީއެލް ވާދަކުރަން ޖެހިއްޖެއެވެ.

ޕޮލިސް ކުލަބުން ސެމީން ޖާގަހޯދީ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މިގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި 12 ޕޮއިންޓާއެކު ސެމީން ޖާގަހޯދީ ސިފައިންގެ ކުލަބެވެ. ގްރޫޕްގައި ދެން ހިމެނޭ ޓްރޭޑް ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ވުމެންސް ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ޕޮލިސް ކުލަބުން ވަނީ ޓްރޭޑް ކުލަބާ ވާދަކޮށް 5-0 އިން މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ޖަހައިދީފައިވަނީ ފާތިމަތު ތީބާ އާއި ލެބަނަން ދެ ކުޅުންތެރިންކަމަށްވާ ކުޅުންތެރިޔާ ނެންސީ ޗޭލިއަން އަދި ސެލީން އަލް ހަދާދުއެވެ. މި ކުޅުންތެރިންގެ ތެރެއިން ތީބާ އާއި ނެންސީ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗު މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނެންސީ ޗޭލިއަންއެވެ.