16-e1638679587752

ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން އެއަތޮޅު ހޯޑެއްދޫ ސްކޫލުގެ ބެލެނިވެރިންނަށް ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުން ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ޑިސެމްބަރު 2 ވަނަ ދުވަހު ހޯޑެއްދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އެސެޝަންގައި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމަކީ ކޮބައިކަމާއި އިންޓަރނެޓްގެ ޒަރިއްޔާއިން ހިންގާ ކުށްތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މިހާރަކަށް އައިސް މީސް މީޑިއާގެ ޒަރިއްޔާއިން ކުޑަކުދިންނަށް އަމާޒުކޮށް ގިނަ ކުށްތަކެއް ހިންގަމުންދާކަމާއި އެކުށްތަކުން ކުދިން ރައްކާތެރިކޮށް ސަލާމަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

25-e1638679618152

 

މީގެއިތުރުން ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކިއެކި ކުށްތަކާއި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި އެކުދިންގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެނަމަ ކުދިން ރައްކާތެރިކުރުމަށް ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ހޯޑެއްދޫ ކައުންސިލުން އެދިގެން ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ސެޝަންގައި ހޯޑެއްދޫ ސްކޫލްގެ 45 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.