6

މ. މުލަކު ސްކޫލުގެ ކަބްސްކައުޓް އަދި ލިޓުލްމެއިޑް ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަދި ރީތި އަދަބުތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުންނެވެ.

އެގޮތުން، ޓްރެފިކްގެ ގަވާއިދުތަކަށް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި ޓްރެފިކް ނިޝާންތަކަކީ ކޮބައިކަން ބުނެދީފައިވެއެވެ. އަދި މަގުމަތީގެ ރީތި އަދަބުތަކާއި ހިނގާ ބިނގާވެ އުޅުމުގައި އެހެން މީހުންނަށް އުދަނގޫ ނުވާނެ ގޮތަށް އުޅުމާއި މަގުމަތީގައި އުޅޭ އިރު ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

5

އޭގެ އިތުރުން، މޫދަށްއެރި އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މޫދުގައި ދިމާވާ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންކަމާއި އެފަދަ ހާދިސާއެއް ދިމާވުމުން އަމަލުކުރާނެގޮތާއި ދެވިދާނެ ފަރުވާތަކާ ގުޅޭގޮތުންވެސް އެ ދަރިވަރުންނަށް މައުލޫމާތުދީފައިވެއެވެ.

މުލަކު ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި ކަބްސްކައުޓް އަދި ލިޓުލްމެއިޑް ދަރިވަރުން ހިމެނޭހެން 68 ދަރިވަރުން ބައިވެރިވިއެވެ.