0-02-03-1f4e34e4f33882f8522c2f4c67376bf25a037a32019d3457795fa93d2abe2514_704a1bc919f78fb2

ކުލަބު މޯލްޑިވްސް ކަޕްގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޮލިސް ކުލަބުން ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.

ޕޮލިސް ކުލަބު ދެވަނަ ބުރުން ޖާގަހޯދީ އިއްޔެ ހަވީރު ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބާ ވާދަކުރި މެޗު 2-2 ން އެއްވަރުވެ، ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. މި ގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަހޯދީ ޓްރޭޑް ކުލަބެވެ. އެޓީމް ދެވަނަ ބުރުން ޖާގަހޯދީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކުއެވެ. މި ގްރޫޕުން ކުޅުނު ތިން މެޗުން ލިބުނު 3 ޕޮއިންޓާއެކު ތިންވަނަ ޓީމަށް ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބު އޮތްއިރު މި ގްރޫޕުގައި ދެން ހިމެނޭ ޓީމް އެލައިޑަށް ޕޮއިންޓެއް ނުލިބެއެވެ.

0-02-03-1e0c4f4c00eaf986a815d5718e7bf503ab3b2145fdf511bf1db427d811d68a2d_859b68ef7cd53cd1

އިއްޔެ ހަވީރު ރެހެންދި ފުޓްސަލް ދަނޑުގައި ޕޮލިސް ކުލަބާއި ހުޅުމާލެ ހޮސްޕިޓަލް ރެކްރިއޭޝަން ކުލަބު ވާދަކުރި މެޗުގައި ފުރަތަމަ ލީޑްނަގާ ކުރިހޯދީ ހުޅުމާލެ ހޮސްޕިޓަލްގެ ޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ފާރިޝްއެވެ. ހުޅުމާލެ ހޮސްޕިޓަލުން މިމެޗުގައި ލީޑު ނެގިނަމަވެސް ޕޮލިސް ކުލަބުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ. މިލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝިފާން އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަލީ ފަހުމީއެވެ. މިމެޗުގައި ހުޅުމާލެ ހޮސްޕިޓަލް ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޙަސަން ސޮލާހުއެވެ.