viber_image_2021-11-23_09-38-48-027

ހެއްކާ ބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި، ތަހުގީގުކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފޮރެންސިކާއި މާލެ ސިޓީ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކާއި ޕޮލިސް ރީޖަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

viber_image_2021-11-23_09-38-39-464

އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން މައުލޫމާތު ދީ ފުލުހުންގެ ފަރާތުން ބިލަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.