9

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އައްޑޫ ސިޓީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

މި މަހު 7 ވަނަ ދުވަހު ކުރެއްވި އެ ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

5

އެ ދަތުރުފުޅުގައި، މި މަހު 3 އިން 7 އަށް އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންދިޔަ ސެންސިޓައިޒޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވެއެވެ. އަދި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވާފައިވެއެވެ.

7

އޭގެ އިތުރުން، އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވިއެވެ.

8

އަދި އައްޑޫ ސިޓީގައި ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ވެހިކަލްގެ ދަތިކަން ހުރުމުގެ ސަބަބުން އެކަންކަން ހައްލުކުރުމަށް ލިޓަސް އޮޓޯ މޯބައިލްގެ ފަރާތުން ހަވާލުކުރި ސައިކަލުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.