police2

ކަނޑުގެ ލައިސަންސަށް އެދޭ ފޯމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމަ ކުރަންޖެހޭ ބައި ފުރިހަމަކުރުމަށްޓަކައި ފޯމު ހުށަހަޅަން ޖެހޭތަން މާފަންނު ޕޮލިސްއަށް ބަދަލުކޮށްފިއެވެ.

ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހުށަހަޅަމުން އައި ފޯމުތައް މިއަދުން  ފެށިގެން ހުށަހަޅަންޖެހެނީ ރަސްމީ ގަޑީގައި ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ މާފަންނު ޕޮލިސްގެ ކައުންޓަރަށެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މެރިން ޕޮލިސް އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9926094 އަށް ގުޅުއްވުން އެދެމެވެ.