Vaanee

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީ އިން އަލަށް ފަރުމާކޮށްގެން ހިންގާ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 33 ވަނަ ބުރު ދ. ވާނީގައި ފަށައިފިއެވެ.

ކޯސް ފެށުމުގެ ގޮތުން ދ. ވަނީ ޓްރެއިނިންގ ސެންޓަރުގައި ސެޕްޓެމްބަރު 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާންއެވެ. މިރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީގެ އެކްޓިންގ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި   ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކޯހުގައި ކިޔަވައިދެއްވާ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

Vaanee 2

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ސްޓްރެޓީޖިކް ޕްރައޯރިޓީސްތަކުގެ ތެރެއިން ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ގޮތުގައި ފަރުމާކުރެވިފައިވާއިރު، މިކޯހުން ދަސްވެނިވިވާ ދަރިވަރުންނަކީ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަހުލުވެރި ދަރިވަރުންތަކަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ. އަދި ޕޮލިސް އިނީޝިއަލް ކޯހަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ތަމްރީނުތައް ފުރިހަމަ ކުރެވި ހުރިހާ ފުލުހުން ފާސްވެގެން ދިޔުމަކީ ކުރެވޭ އުންމީދެއް ކަމުގައި ވިދާޅުވިއެވެ.

Vaanee 3

މި ކޯހަކީ  ހަތަރު މަސް ދުވަހަށް ކެމްޕަސް މޮޑިއުލްތައް އަދި ޕްރޮބޭޝަން 8 މަސް ދުވަހާއެކު ޖުމްލަ އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި އަންހެން 20 ފުލުހުންނާއި ފިރިހެން 70 ފުލުހުންނާއެކު ޖުމްލަ 90 ފުލުހުން ބައިވެރިވެއެވެ. ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އާއި ޤާނޫނާއި ޤަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭނެއެވެ.