Thaa

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން ޒިންމާދާރު ބެލެނިވެރިޔާގެ ނަމުގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރ މަހުގެ 7 ވަނަދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕޮރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ކުދިންނާ ރަނގަޅަށް މުއާމަލާތު ކުރުމަށާއި ކުދިންނަށް ދޭންވާ ސަމލުކަންދީ ކުދިންގެ ކަންކަން ބެލެހެއްޓުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުދިންނާއެކު ވަގުތު ހޭދަ ކުރުމުގެ މުހިއްމު ކަމާއި އެ ކުދިންނާ އެކު އުޅޭ ރައްޓެހިންނަކީ ކޮންކަހަލަ  ބައެއްތޯ ބަލައި، ކުށުގެ ވެށިން ކުދިން ދުރުކޮށް، ސަލާމަތްކުރުމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ކެތްތެރިކަމާއެކު ހިތްތިރިކަން އިސްކުރުމާއި، އެކި ކުދިންނަކީ ހެދި ބޮޑުވުމުގައި ވިސްނުމާއި ފިކުރު ތަފާތު ކުދިބަޔަކަށްވާތީ އެކަމަށް ސަމާލުކަންދީ ކުދިންނަށް ރަނގަޅު މަގުދައްކައިދޭ ބަޔަކަށް ބެލެނިވެރިންވުމުގެ މުހިއްމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.