N. Atoll Trip1

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ނ. އަތޮޅަށް ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ވަނީ ނ. ލަންދުއަށް ވަޑައިގެން، އެ ރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެ ސްޓޭޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

N. Atoll Trip2

 މި ދަތުރުފުޅުގައި ނ. އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްރަށުގެ ކައުންސިލްތަކާއި އެ އަތޮޅުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމާއި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.