މަތީގައިވާ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ، 2021 މެއި 25 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ވެލިފޮތިގެއިން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅޭ މައުލޫމާތު އެނގޭނެކަމަށް ފުލުހުންގެ ތަހުގީގަށް ބެލެވޭތީ ސުވާލުކުރަން ބޭނުންވާބައެކެވެ. ނަމަވެސް، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެމީހުން ދެނެގަނެވިފައި ނުވާތީ އެމީހުންނާ ސުވާލު ކުރެވިފައެއް ނުވެއެވެ.

TheftSuspectsH.Velifothige

ވީމާ، މި މީހުނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު  487939 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.