MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ޖުލައި 11 ވަނަ ދުވަހު ޝާރިއުވަރުދީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށްބެލެވޭ ކޭޑީކޭ ފަންކާއެއް. އިންސިޑެންޓް ނަންބަރ 491793

ޖުލައި 11 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ  އެޕަލް ބްރޭންޑުގެ އައިޕެޑެއް، ދަބަހެއް، ޓީބީ އެކްސްޓާނަލް ހާޑް ޑްރައިވްއެއް. އިންސިޑެންޓް ނަންބަރ 484224

ޖުލައި 12 ވަނަ ދުވަހު ލޮނުޒިޔާރަތް މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލުމެކްސް ބްރޭންޑްގެ ލައިޓެއް. އިންސިޑެންޓް ނަންބަރ 491896

ޖުލައި 12 ވަނަ ދުވަހު ފުލުހުން ޕެޓްރޯލް ކުރުމުގެ ތެރޭގައި ހައިކޯޓު ކުރިމަތި ޕާކިންޒޯނު ތެރެއިން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 400 ގްރާމްގެ 72 މައިލޯ ދަޅު، 1000 ގްރާމްގެ 5 ދަޅު ނެސްކެފޭ، 15 ވޯޓުގެ 2 އެއަރ ލައިޓު، 2 މޮޕު، 1 ބުރުސް. އިންސިޑެންޓް ނަންބަރ 491894

ޖުލައި 13 ވަނަ ދުވަހު ފަރީދީ މަގު އެމްއެޗްއޭ މާޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސޮނީ އެކްސްޕީރިއާ ބްރޭޑްގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 492034

ޖުލައި 13 ވަނަ ދުވަހު ބެންތެޔޮގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސްޓެއިންލެސްސްްޓީލް ބާސްކެޓެއް. އިންސިޑެންޓް ނަންބަރ 492023

ޖުލައި 14 ވަނަ ދުވަހު ގ. މެރިންލައިޓް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 24 ދަޅު ނެސްކެފޭ މޮޗާ، 6 ދަޅު ނެސްކެފޭ އޮރިޖިނަލް، 16 ދަޅު ނެސްކެފޭ ލާޓޭ، 9 ދަޅު އެކްސްއެލް، މަކީޓާ ބްރޭންޑްގެ 2 ގްރޭންޑަރ، ރިވެޓް ގަންއެއް. އިންސިޑެންޓް ނަންބަރ 492102

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.