police 53

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން ހދ. ކުޅުދުއްފުށި އަދި ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކާއި 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެމީހުންގެ ތެރެއިން 34 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މެއި 31 ވަނަ ދުވަހު ކުޅުދުއްފުށި ބަނދަރުމަތިންނެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް ކޮތަޅެއްގެ ތެެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މީގެ އިތުރުން 44 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މެއި 30 ވަނަ ދުވަހު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. މިގޮތުން 34 އަހަރުގެ މީހާއަށް ކުޅުދުއްފުށި ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 44 އަހަރުގެ މީހާއަށް ގއ. ވިލިނގިލި ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.