MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މެއި 25 ވަނަ ދުވަހު ނޯތު ހާބަރު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 21 ފަކީރާ. އިންސިޑެންޓް ނަންބަރު 487938

މެއި 30 ވަނަ ދުވަހު އޯކިޑުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 2 ފޮތިރޯލު.  އިންސިޑެންޓް ނަންބަރު 488288

މެއި 30 ވަނަ ދުވަހު އޯކިޑުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޓް އޮފް މެޝިނެއް. އިންސިޑެންޓް ނަންބަރު 488273

މެއި 31 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގްރޭންޑަރަކާއި، ޖިގްސޯ. އިންސިޑެންޓް ނަންބަރު 488354

މެއި 31 ވަނަ ދުވަހު ބުލޫކިޔާމަގާއި ހަނދުވަރީ ހިނގުން ގުޅުނު ހިސާބުން ފެނިފައިވާ ފޮއްޓެއް. (ފޮށީގައިހުރި ތަކެތި: ލަވާޒާ ޖޯޑު، ބިއްލޫރި ތަށި، ޖޯޑު، ވަތުތަށި، ބިއްލޫރި ޖަގު، މާވަށި) އިންސިޑެންޓް ނަންބަރު 488341

މެއި 31 ވަނަ ދުވަހު އޮކްސިޖަން ކެފޭ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސްޓޭންޑް ބައުލް މިކްސަރއެއް. އިންސިޑެންޓް ނަންބަރު 488368

މެއި 31 ވަނަ ދުވަހު ނަސީމީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިންޖީނު ސްޕެއަރ އަޅާފައިހުރި ގޯންޏެއް. އިންސިޑެންޓް ނަންބަރު 488407

މެއި 31 ވަނަ ދުވަހު ހަނދުވަރީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރުރޯލުތަކެއް އަޅާފައިހުރި ފޮއްޓަކާއި ދަބަހެއް. އިންސިޑެންޓް ނަންބަރު 488339

ޖޫން 2 ވަނަ ދުވަހު މުރަނގމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނު. (ނޮކިއާ، ސެމްސަންގ) އިންސިޑެންޓް ނަންބަރު 488513

ޖޫން 2 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެމަލްހާޑް 10 ފޮށި ސިނގިރެޓް. އިންސިޑެންޓް ނަންބަރު 488536

ޖޫން 3 ވަނަ ދުވަހު ގ. މުތީއާގެ ސިޑިމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އޮޕްޓިކަލް ޕަވަރ މީޓަރެއް. އިންސިޑެންޓް ނަންބަރު 488576

ޖޫން 3 ވަނަ ފާށަނާ ކިލެގެމަގުން ފެނިފައިވާ ވެރިއަކުނެތް ކޮތަޅެއް. (ކޮތަޅުގައިހުރި ތަކެތި: އައިފޯން 5، ސެމްސަންގ ގެލެސްސީ 6، 1 ފުއްކަށި، 1 ކައްޓާ، 1 ގްރޭންޑަރ (މަކީޓާ)، 1 ސޭންޑަރ (މަކީޓާ). އިންސިޑެންޓް ނަންބަރު 488607

ޖޫން 4 ވަނަ ނިކަގަސްމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ނަރުރޯލުތަކެއް އަޅާފައި ފޮއްޓެއް. އިންސިޑެންޓް ނަންބަރު 488654

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.