police2

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ މެއި މަހުގެ 19 ން 24 އަށް މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މެއި 19 ވަނަ ދުވަހު ގަލޮޅު އޮޓޯ ގަރާޖް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބޯޝް ބްރޭންޑްގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރު 487451

މެއި 21 ވަނަ ދުވަހު ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައި ފޯނަކާއި ޕަވަރ ބޭންކަކާއި ގަހަނާ ފޮޓެއް އަދި އަތް ދަބަހެއް. އިންސިޑެންޓް ނަންބަރު 487607

މެއި 22 ވަނަ ދުވަހު ހދ. އަތޮޅު ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރު 487677

މެއި 23 ވަނަ ދުވަހު ފަޅުމަތީމަގު ނީލަން ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފަންކާހަކާއި ޕްލާސްޓިކް ސީލަރ މެޝިނެއް. އިންސިޑެންޓް ނަންބަރު 487754

މެއި 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 ބިޑި ގޯނި (ކޮންސްޓްރަކްޝަން ސައިޓްގައި ބޭނުންކުރާ ބިޑި). އިންސިޑެންޓް ނަންބަރު 487797

މެއި 24 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މޯބައިލް ފޯނަކާއި ހުނި ގާނާ ތިން ދަތި އަދި ފެން ކައްކާ ކުރައެއް. އިންސިޑެންޓް ނަންބަރު 487838

މެއި 24 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓޫލް ބޭގަކާއި މަސްފިހާ ދަލަކާއި ދެ ވިއްސާރަ ކޯޓާއި ސްކްރީން ޕްރޮޓެކްޓަރެއް. އިންސިޑެންޓް ނަންބަރު 487827

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.