viber_image_2021-05-24_16-11-42

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫން ފޭދޫއަށް ދަތުރުކުރި ޓެކްސީއެއްގައި ބަނގުރާ ގެންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މަރަދޫއާ ފޭދޫ ގުޅޭ ހިސާބުން ޓެކްސީ ހުއްޓުވައި ބަލައިފާސްކޮށް މި މަހުގެ 24 ވަނަ ދުވަހުގެ14:25 ހާއިރުއެވެ.

މި ދެމީހުން ދަތުރުކުރި ޓެކްސީ ހުއްޓުވައި ބަލައިފާސްކުރިއިރު އޭގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ  7 ފުޅި ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.