މަތީގައިވާ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މިއަހަރުގެ މާރިޗު މަހުގެ23 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި މާވެޔޮ މަގުގައި ޕާކްކޮށްފައިހުރި ސައިކަލެއްގައި އަޅުވާފައި އިން ކޮތަޅެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުންނެވެ.

GID 100

ވީމާ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483156 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.