މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާހައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫ ރޭ" ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ސެންޓަރުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.

2021 އޭޕްރީލް 10
20:23

ވޯޓު ގުނުން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމު ހާލަތު ރަނގަޅު

16:20

ޥިލިމާލެ، މުހްޔިއްދީން ސްކޫލްގައި ވޯޓްލުން ކުރިއަށް ދަނިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހަކު އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ.

14:13
ލ. އިސްދޫގައި ވޯޓުލުން ކުރިއަށްދާ މަރުކަޒެއް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ވޯޓުލުން ކުރިއަށްދާއިރު ހުރިހާ ސަރަހަދެއްގެ އާންމު ހާލަތު ރަނގަޅު
13:52

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ ހިއްސާކޮށް މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި އިންތިޚާބުގެ އޮޕަރޭޝަން ބްލޫ ރޭ ގެ ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވެލެއްވި.

13:50
އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭ މަައުލޫމާތުތައް ފުލުހުން އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
12:08
ގއ. ގެމަނަފުށި ވޯޓުލާ މަރުކަޒު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ.
12:00
ގދ. ތިނަދޫގައި، އުމުރުން ދުވަސްވީ މީހަކު ވޯޓުލާން ގެންދިއުމުގައި ފުލުހުން އެހީތެރިވަނީ.
11:55
މާލޭގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތައް ހިމެނޭ ސަހަރައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.
11:53
މާލޭގައި ވޯޓުލުން ކުރިއަށްދާ މަރުކަޒުތައް ހިމެނޭ ސަހަރައްދުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ: ފުލުހުންދަނީ ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ޓްރެފިކް ބެލެހެއްޓުމުގައިވެސް ހަރަކާތްތެރިވަމުން.
11:42
އައްޑު ސިޓީ ހުޅުމީދޫ ވޯޓުލާ މަރުކަޒުގައި ފުލުހުން ހަރަކާތްތެރިވަނީ
11:40
ތިމަރަފުށި ވޯޓުލާ މަރުކަޒު ކައިރީގައި ފުލުހުން ހަރަކާތެރިވަނީ
11:06
އައްޑޫ ސިޓީ ފޭދޫ ވޯޓުލާ މަރުކަޒުގައި ފުލުހުން ހަރަކާތްތެރިވަނީ: ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމު ހާލަތު ރަނގަޅު
10:40
ކުޅުދުއްފުށި ވޯޓުލާ މަރުކަޒުގައި ފުލުހުން ހަރަކާތްތެރިވަނީ: ވޯޓުލުން ކުރިއަށްދާ ހުރިހާ މަރުކަޒުތަކެއްގައި ފުލުހުން ދަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން.
10:30
ވައިކަރަދޫގައި ވޯޓުލުން ކުރިއަށްދާ މަރުކަޒު ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.
10:22
ށ. ފޯކައިދޫ ވޯޓުލާ މަރުކަޒުގައި ފުލުހުން ހަރަކާތްތެރިވަނީ.
10:14
ތ. ކިނބިދޫގައި، އުމުރުން ދުވަސްވީ މީހަކު ވޯޓުލާން ގެންދިއުމުގައި ފުލުހުން އެހީތެރިވަނީ: ފުލުހުންދަނީ ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ވޯޓުލުމަށްދާ އުމުރުން ދުވަސްވީ މީހުންނަށާއި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން.
10:06
އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އާންމު ހާލަތު ރަނގަޅު
09:20
ގައުމީ ޔުނިވަރސިޓީ ކައިރީ ފުލުހުން ހަރަކާތްތެރިވަނީ: ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ފުލުހުންދަނީ އެސަރަޙައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުގައި ދަނީ ހަރަކާތްތެރިވަމުން-- ފޮޓޯ: ޕޮލިސް މިޑީއާ
08:00

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ފަށައިގެން ކުރިއަށް އެބަދޭ. އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 2000 އަށްވުރެ ގިނަ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންދާނެ.