0-02-03-9c2c7ec729381038c80f421f6e7308303269efca9999010714b65f80b1b63f92_ad574984

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުލުހުންގެ އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިސްވެރިންނާއި ފުލުހުންގެ ބައެއް ސީނިއަރ އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލް މެމްބަރުންނާއި ވިލިނގިލީގައިހުރި ސަރުކާރު އިދާރާތަކުން އިސްވެރިން ބައިވެރިވެލެއްވިއެވެ.

0-02-03-3475a84e20ea4413b1d49aca61ccfc741bd22f94a1025a57aeee1c2eea694de2_9b8aec0a

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަކީ ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

0-02-03-f250d45b6c9e7c19cbc01b97037157db9d9926f50c7740afbbe32bb74cea5b0c_e0819051

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި 2019 އަހަރު އިފްތިތާހުކުރެވުނު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްޤީވެފައިވަ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުވައިދޭ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ބަދަލުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ލޯކަލް ޕޮލިސިންގ ހިމަނާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދު ފެށިގެން މިދަނީ މި މަސައްކަތުގެ ތެރެއިން އެއްބައިކަމަށާއ މިއީ ފުލުހުންގެ ހިދުމަތަށް ގެނެވޭ އިންގިލާބީ ބަދަލެއްކަމަށް ވިދާޅުވިއެވެ.

އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހަވާލުކުރެއްވިއެވެ.