viber_image_2020-12-28_09-03-35

ގދ. ފިޔޯރީ ޒުވާނުން އިސްނަގައިގެން ބޭއްވި "ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭ ކަޕް" ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ގދ. ފިޔޯރީ ޕޮލިސް ސްޓޭޝަންގެ ޓީމު ހޯދައިފިއެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަން ފިޔޯރީ ޕޮލިސް ޓީމު ހޯދީ ޑިސެމްބަރު 25 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ފަރެސްމާތޮޑާ ވޮލީޓީމާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފިޔޯރީ ޒުވަނުންގެ މަރުކަޒުގެ ބޭރު ވޮލީކޯޓުގައި ކުޅުނު މިމެޗުގެ ސެޓްތައް ފިޔޯރީ ޕޮލިސް ޓީމުން ކާމިޔާބުކުރީ 25-18، 25-11 އަދި 25-19 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފިޔޯރީ ޕޮލިސް ޓީމުގެ ޝީޒާ މުޙައްމަދުއެވެ.

ަަ

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ޕޮލިސް ޓީމުގެ އައިމިނަތު އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފަރެސްމާތޮޑާ ޓީމުގެ  ޝަރީފާ ދީދީ  ޔަސްމިން ޢަބްދުﷲ އާއި ރަޓު ކޫދު ޓީމުގެ އިޝާމާ ރަޝީދު އާއި ނަޒީރާ އަލީ އާއި ފެނަކަ ޓީމުގެ ނަދީމާ އިބްރާހިމް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ އައިޝަތު ނަޖުދާއެވެ. މުބާރާތުގެ މޮޅު ކޯޗުގެ މަގާމަށް ހޮވުނީ ޕޮލިސް ޓީމުގެ ކޯޗު އަޙްމަދު ޒިހާންއެވެ.

ގދ. ފިޔޯރީގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 18 ން 25 އަށެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގައި ހަތަރު ޓީމް ބައިވެރިވެފައިވެއެވެ.