IMG_7607

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށް ދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް ބޭއްވި " ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް" ނިންމާލައިފިއެވެ.

ޑިސެމްބަރ މަހުގެ 22 ން 24 އަށް އިސްކަނދަރު ބިލްޑިންގގައި ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަހުމާނު  އެވެ.

މިރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަަޙްމަދު ޢަބްދުއްރަހުމާން ދެއްކެވި ވާހަކަފުޅުގައި މިދަފަ ސިމްޕޯޒިއަމެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މި ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށާއި އެގޮތުން ކުރެވުނު މަޝްވަރާތަކުން އެދެވޭ ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މި ސިމްޕޯޒިއަމްއަކީ ހެޔޮ ބަދަލު ތަކެއްގެ ފެށުން ކަމުގައި ވިދާޅުވިއެވެ.

IMG_7609

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގ ގެދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. އަދި މިސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާފައިވެއެވެެ. ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމުރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓް ލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިފައިވެއެވެ.

މީގެއިތުރުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި، ފުލުހުންނަށް އެންމެ މުހިންމު ތަމްރީންތައް ދެނެގަތުމާއި މިހާރު ދެމުންގެންދާ ތަމްރީންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި ގާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިފައިވެއެވެ. އަދި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާއިމެދު އަމަލުކުރުމުގައި ތަހުގީގްމަރުހަލާގައި ހުރި ދަތިތަކާއި، ތަހުގީގުމަރުހަލާ ކުރިއަށްދާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ ތަހްގީގްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށްކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ އެހީތެރިކަން ފޮރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި އިތުރަށް ރަގަނޅުކުރެވިދާނެ ކަންތައްތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިފައިވެއެވެ.

IMG_7610

މި ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.  މިބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ. މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި  އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އާއި ލޮޖިސްޓިކް ސަރވިސް އަދިކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާރޒުން ބައިވެރިވެފައިވެއެވެ.