Madifushi kasrathu program

ތ. މަޑިފުށި ސްކޫލްގެ ގްރޭޑް 1 އިން 4 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އެ ޕްރޮގްރާމަކީ، އެ ގްރޭޑް ތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރުންގެ އުމުރާ އެކަށީގެންވާ ވަަރަށްވުރެ ބަރުދަން އިތުރުކޮށްތިބި ދަރިވަރުންގެ ބަރުދަން ލުއިކޮށް ދުޅަހެޔޮ ދަރިވަރުންތަކަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ތެރެއިން، އެ ދަރިވަރުންގެ އުމުރާ އެކަށީގެންވާ ގޮތަށް ކަސްރަތުތައް ކުރިއަށް ގެންދާއިރު ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކާނާ ބޭނުންކުރުމަށް އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތު ދެމުންގެންދާނެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި 42 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މަޑިފުށި ޕޮލިހާއި ރަށު ސްކޫލް އަދި އެ ރަށު ޔޫތް ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ މަޑިފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އެރަށުގެ ސްޕޯޓްސް ކައުންސިލަރެކެވެ.