MaamigiliDrugCase

މަސްތުވާތަކެއްޗާއެކު އދ. މާމިގިލިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، އދ. މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2020 އޭޕްރީލް 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭނެއްގަ އެވެ.

މަސްތުވާތަކެތި ފެނިފައިވަނީ އެ އޮޕަރޭޝަންގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ އަތުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑއަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.