CP

ފުލުހުންގެ އޮޕަރޭޝަންތަކާއި ހަރަކާތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ޖަވާބުދާރީވުމުގައި މިހާރަށްވުރެ ފުރިހަމަވާންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ދ. ވާނީގައި ބޭއްވި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ “މެސް ނައިޓް” ގައި  ކޯހުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. … ތަފްސީލް


Jumhooree Dhuvas

الحمد لله رب العالمين، والصلاة والسلام على أشرف المرسلين، نبينا محمد وعلى آله وصحبه أجمعين މިއަދަކީ ޖުމްހޫރީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރެވޭ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު ނުވަތަ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުހޫރިއްޔަތަކަށް ބަދަލުވުމާގުޅިގެން ފާހަގަކުރެވޭ ތާރީޚީ މުނާސަބާއެކެވެ. މި އުފާވެރި މުނާސަބަތުގެ … ތަފްސީލް


Eid CardFinal

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين ބަރަކާތްތެރި އަޟްޙާ ޢީދުގެ  ތަހުނިޔާއާއި  މުބާރަކްބާދީ،  ނުހަނު އިޚްލާޞްތެރިކަމާއެކު އަރިސްކުރަމެވެ.         މިއީ 1438 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދާ އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ. އިސްލާމީ ދުނިޔެ މިއަދު އިޙްތިފާލުކުރަމުން … ތަފްސީލް


Minivan Dhuvas

މިއަދަކީ ދިވެހި ދައުލަތުގެ ތާރީޚުގައި ފަޚްރުވެރި ދުވަހެކެވެ. އުފާވެރި ދުވަހެކެވެ. ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނުތާ 52 އަހަރު ފުރުނު ތާރީޚީ މުނާސަބަތެވެ. 1887 އިން 1965އަށް ރާއްޖެ އޮތީ އިނގިރޭސި ޙިމާޔަތޭ ކިޔުނު ބެނދެވުމެއްގެތެރޭގައެވެ. މިނިވަންވީ 26 ޖުލައި 1965ގައެވެ. އެހެންކަމުން މިނިވަންކަމުގެ މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި އޯގާވަންތަ މާތް … ތަފްސީލް


DDFjUjTUMAASgll

الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعين މިއީ 1438ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި ވަގުތެވެ.  އެނގިވަޑައިގަންނަވާނެ ފަދައިން، މި ޢީދަކީ ރޯދައިގެ މަތިވެރި އަޅުކަމަށް ފަހު، އަދި އެ މާތް އަޅުކަމުން ލިބުނު ވަރުބަލިކަމަށްފަހު، އަޅުގަނޑުމެންނާ ބައްދަލުކުރާ އިޙްތިފާލެކެވެ. … ތަފްސީލް


News Card

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين         މިއީ 1438ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ހިޔާވަހިކަން އަޅުގަނޑުމެންނަށް ލިބުނު ނަސީބުވެރި ވަގުތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރަމަޟާންމަހަކީ ހެޔޮކަމާއި ދަރުމައިގެ މައްސަރެވެ. އޯގާވަންތަ ﷲގެ ރުއްސެވުމާއި ފުއްސެވުން އަޅުތަކުންގެ މައްޗަށް ނުހަނު … ތަފްސީލް


Cp-42

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަޙްނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހުރިހާ އަންހެނުންނަށާއި ވަކިން ޚާއްސަކޮށް ހުރިހާ އަންހެން މުވައްޒަފުންނަށް އަރިސްކުރަމެވެ. ދިވެހިރާއްޖޭގައި އަންހެން ކަނބަލުން އެންމެ ގިނައިން މަސައްކަތްކުރާ އިދާރާއަކީ ފުލުހުންގެ މުއައްސަސާއެވެ. މިގޮތުން މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ 12 އިންސައްތައަށްވުރެ  ގިނަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުންނެވެ. އަދި މިއަދަދަކީ ދެކުނުއޭޝިޔާގެ ޤައުމުތަކުގައި ނިސްބަތުން … ތަފްސީލް


News Year

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين          މިއީ މީލާދީ އަހަރެއް ނިމި، އާ އަހަރެއް އަޅުގަނޑުމެންނާ އިސްތިޤުބާލުކުރާ ވަގުތެވެ. 2017 ވަނަ އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރާ ވަގުތެވެ. މި ފުރުޞަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ … ތަފްސީލް


cp-thahuniyaa

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين         ދިވެހިރާއްޖެ އިސްލާމީ ހިދާޔަތު ލިބިގަތުމަކީ، ރާއްޖެ ދުށް އެންމެ ބޮޑު އިޞްލާޙީ އިންޤިލާބެވެ. އިސްލާމްދީން ބުނެދެނީ އިންސާނާއަކީ އޭނާ ފަދަ އެހެން އިންސާނެއްގެ އަޅެއް ނޫންކަމެވެ. ކޮންމެ އިންސާނަކީ ވެސް ފުރިހަމަ … ތަފްސީލް


MPS225

الحمد لله رب العالمين، والصلاة والسلام على خاتم الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين          ޤުދުރަތީ ކާރިސާތަކަކީ ރާއްޖޭގެ ތާރީޚު، ވަރަށް ކުރިއްސުރެ ވެސް، ދެކެފައިވާ ކަންކަމެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު، 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ފަހުގެ ތާރީޚުގައި … ތަފްސީލް