MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ … ތަފްސީލް


1

ފ. ދަރަނބޫދޫ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހު 24 ވަނަ ދުވަހު ފ. އަތޮޅު ފުލުހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ކުންފުނިތަކުންނާއި ޖަމުއިއްޔާތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ނުދަންނަ ނަންބަރުތަކުން ގުޅައި … ތަފްސީލް


Hassan-Nishan-16-Nov

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ. ގުޅި /  ރޯޒްމީޑް، ޙަސަން ނިޝާން (37އ) އެވެ. ޙަސަން ނިޝާން ހޯދަމުންދަނީ … ތަފްސީލް


vlcsnap-error554

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ. ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން … ތަފްސީލް


11

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު 2020/34 ގެ ހަތް ވަނަ މައްދާގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. އެ ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން، ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެއެވެ. އަދި މަޝްވަރާ ކުރެވުނު … ތަފްސީލް


viber_image_2021-11-24_11-31-43-728

ކުލަބް މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ. ރޭ ހުޅުމާލެ ރެހެންދި ސްކޫލު ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ޓީމް އެލައިޑާ ވާދަކޮށް 4-1 ންނެވެ. މިމެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު … ތަފްސީލް


viber_image_2021-11-23_09-38-48-027

ހެއްކާ ބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި، ތަހުގީގުކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފޮރެންސިކާއި މާލެ ސިޓީ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކާއި ޕޮލިސް ރީޖަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެއް … ތަފްސީލް


1

ފ. މަގޫދޫގެ ވިޔަފާރިވެރިން ކުށުން ރައްކާތެރިކޮށް ސަލާމަތްކުރުމަށާއި އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެ ރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި މަހު 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މުޖުތަމައުގައި ހިންގަމުންދާ ކުށްތަކުން ވިޔަފާރިވެރިން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، … ތަފްސީލް


4

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 20 އަހަރުގެ މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. އެ އޮޕަރޭޝަނަކީ ކަމަދޫ ގެ އެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރު … ތަފްސީލް


ECD 440

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފައިސަ ދެއްކިކަން ދެއްކުމުގެ ގޮތުން ސައްހަނޫން އިންޓަރނެޓް ބޭކިންގ ސްލިޕެއް ފިހާރައިގެ ނަންބަރަށް ވައިބަރ ކުރުމަށްފަހު މުދާ ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ … ތަފްސީލް


« ކުރީގެ ލިޔުންތައް