4

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އަތޮޅުގެ ރަށްރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމުތަކެއް އެ އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި ޑެސްކުތަކުން ކުރިއަށް ގެންގޮސްފިއެވެ. މި މަހު 29 އަދި 30 ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ޕޮލިސް ސްޓޭޝަނާއި … ތަފްސީލް


Th.Atoll

އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ. އަތޮޅުގެ ތިން ރަށެއްގައި ހިންގައިފިއެވެ. މި އޮކްޓޯބަރު 24 ން 27 އަށް މި ޕްރޮގްރާމް ހިންގާފައިވަނީ ތ. އަތޮޅު ތިމަރަފުށި، އޮމަދޫ އަދި ކިނބިދޫގައެވެ. މި ޕްރޮގްރާމުގެ ތެރެއިން އެރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. ތ. … ތަފްސީލް


3

ތ. އަތޮޅު މަދަރުސާގެ 13 އަހަރުން މަތީގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ. އެ މަދަރުސާގެ އެދުމަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ހޭންޑްބޯލް ކުޅުމުގެ ހުނަރުތައް ދަރިވަރުންނަށް އުނގަންނައިދީފައިވެއެވެ. އަދި ކުޅިވަރު ކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން، ކާމިޔާބީއާ … ތަފްސީލް


MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ … ތަފްސީލް


TheftImpersonationSuspect

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދިޔައީ ބަނގްލަދޭޝް ރައްޔިތެއްކަށްވާ ތަންވީރު އިސްލާމް (28އ) އެވެ. ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މާލެއިންނެވެ. … ތަފްސީލް


Biyaru nattaalun

އެކި މައްސަލަތަކުގައި ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އެ ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. އެގޮތުން، މިއަދު ނައްތާލާފައިވަނީ ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 176 ދަޅު ބިޔަރެވެ. ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި … ތަފްސީލް


police 77

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން ތ. ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އެ ރަށަށް ދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިންޓެލިޖެންސާއި ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މި … ތަފްސީލް


191

މަތީގައިވާ ވީޑިއޯއިން ފެންނަ ދެމީހުންނަކީ 2021 ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ. ވީމާ … ތަފްސީލް


190

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ސެޕްޓެމްބަރު 09 ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ. … ތަފްސީލް


189

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ވަގުތެއްގައި އެލިއާ އިންވެސްޓްމަންޓްގެ ޕިކަޕްގެ ސްޕެއަރ ފުރޮޅު ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެކެވެ. ވީމާ މިމީހާއާބެހޭ … ތަފްސީލް


« ކުރީގެ ލިޔުންތައް