police 15

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ތ. ކިނބިދޫ / ނޫވިލާގެ، ޢަބްދުލްމާނިޢު މުޙައްމަދު (34އ) ދިވެހިރައްޔިތެއްކަން … ތަފްސީލް


viber_image_2021-06-20_16-09-00

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން އެރަށުގެ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ގޮތުން “ޒިންމާ” މި ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، ދަރިން ތަރުބިއްޔަތު ކުރުމުގައި ނޭނގިނަމަވެސް ބެލެނިވެރިންނަށް … ތަފްސީލް


GID 2021 83

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 މެއި 19 ވަނަ ދުވަހުގެ 05:15 އެހާކަންހާއިރު ޝަމީމީ ގޯޅީގައި ހުންނަ ފްލޮރިޝް ފިހާރައަށް ގެއްލުންދީ އެފިހާރައިން ވައްކަންކޮށްފައިވާ  މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް … ތަފްސީލް


MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ. މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ … ތަފްސީލް


police-54

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި … ތަފްސީލް


Guraidhoo 1

ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވޯކް އެންޑް ޓޯކްގެ ނަމުގައި ކުށްމަދު ކުރުމުގެ ހަރަކާތެއް ތ. ގުރައިދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި މަހު 18 ވަނަ ދުވަހު ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ ތެރެއިން، އެ ރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު … ތަފްސީލް


GID 129

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 އޭޕްރީލް 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ  މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެކެވެ. ވީމާ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން … ތަފްސީލް


Raajje Miadhu

މިދިޔަ އަހަރުން ފެށިގެން މި ހިނގާ ޖޫން މަހުގެ 16 އާ ހަމައަށް 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވެއްޖެއެވެ. އެ ދެ ބޭފުޅުން އެހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާގެ ޕީއެސްއެމް … ތަފްސީލް


police 77

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި، ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން އަދި ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ … ތަފްސީލް


4

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަމު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ … ތަފްސީލް


« ކުރީގެ ލިޔުންތައް