ނޫސްބަޔާން ނަންބަރު:PMC/2020/03 2020 ފެބްރުއަރީ 04 ވަނަ ދުވަހުގެ 19:00 އާއި 20:00 އާދެމެދުގެ ވަގުތެއްގައި ހުޅުމާލޭގައި 3 ބިދޭސީންނަށް ދީފައިވާ ހަމަލާ ފުލުހުން އަންނަނީ ތަޙްޤީޤުކުރަމުންނެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު މިދަނީ ގާތުން ބަލަމުންނެވެ. އަދި އެ ފަރާތްތަކުގެ ހާލަތު ރަގަޅުކަމަށް މަޢުލޫމާތު ލިބެއެވެ. … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2020/02 ދިވެހިރާއްޖޭގެ ދެކުނުގެ ރަށެއްގައި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކާއި މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ މިފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އާންމު ފަރުދުންވެސް ޒިންމާދާރުކުރުމަށް ބާރުއަޅައި ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2020/01 ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކާމެދު އިތުބާރުކުރެވޭ މަޤާމެއްގައި ތިބި ބަޔަކު ޖިންސީ ގޯނަ ކުރިކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. އެއް ޢާއިލާއަކަށް ނިސްބަތްވާ ތިން މީހަކު ހިމެނޭ ގޮތަށް ދެ އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާއާ ގުޅޭގޮތުން … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/23 ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަން “އައްސޭރި” އާ ގުޅޭގޮތުން ދަންނަވަމެވެ. 2019 ޑިސެމްބަރ 18 ވަނަ ދުވަހު ރ.މަޑުއްވަރީގައި ފުލުހުން ފެށި އޮޕަރޭޝަންގައި 2019 ޑިސެމްބަރ 20 ވަނަ ދުވަހާއި ހަމައަށް މިހާތަނަށް 7 ގެއަކާއި 1 ދޯނި ބަލައިފާސްކޮށްފައިވެއެވެ. އަދި ހަރުކަށި ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ ތުހުމަތުގައި 2019 ޑިސެމްބަރ … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/22 ދިވެހިރާއްޖޭގައި ބައެއްފަރާތްތަކުން ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތާއި ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުންނާއި ސިފައިންނާއި ދައުލަތުގެ ކަމާ ބެހޭ އެހެން … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/21 ކ.މާލެ / ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު  އޭނާގެ އަންހެނުންނާއި ދަރިންނާއިއެކު އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅޭގޮތުން ދަންނަވަމެވެ. ކ.މާލެ / ހ.މޫންލައިޓްވެލީ، ޢަލީ ޝާފިޢު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ، އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެކެވެ. 2015 ފެބްރުއަރީ 09 ވަނަ ދުވަހު ޢަލީ ޝާފިޢު އޭނާގެ ކުރީގެ އަނބިމީހާ … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/20 ޏ.ފުވައްމުލައް / މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީން ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން ޢަމަލީގޮތުން ޙަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ، ވާގިވެރިވާކަމަށް ތުހުމަތުކުރެވޭތީ އާއި އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ޙަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ވާގިވެރިވުމުގެގޮތުން … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/19 ޤާނޫނީ ހަމަތަކާ ޚިލާފަށް އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން ގެންގުޅޭކަމަށް މީޑިއާގައި ފެތުރެމުންދާ ޚަބަރާ ގުޅޭގޮތުން ދަންނަވަމެވެ. އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ހައްޤުތަކުން މަހުރޫމު ކޮށްފައިވާކަމުގެ މަޢުލޫމާތު 2018 ޖޫން 6 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބިފައިވެއެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/18 މިފަހަކަށް އައިސް ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ’ ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤާނޫނާ ޚިލާފު ޢަމަލުތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ދަންނަވަމެވެ. ‘ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު’ ( ޤާނޫނު ނަމްބަރު: 2013/1 ) އާއި އަދި އެޤާނޫނަށް ގެނެވުނު އިސްލާޙު … ތަފްސީލް


ނޫސްބަޔާން ނަންބަރު:PMC/2019/17 މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކްއިން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ނެރެފައިވާ ރިޕޯރޓުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ހުރިކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ އަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދުﷺ ގެ ހަދީޘްފުޅުތަކަށް ފާޑުކިޔާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ … ތަފްސީލް