v.atoll_

V.Atoll Gender in cooperation with Crime Prevention And Public Affairs of Maldives Police Service, V.Atoll Police and V.Atoll Madharusaa has conducted an awareness program at V.Atoll Madharusaa.

The program was conducted from 22nd - 25 of April targeted for the students, their parents and the teachers of V.Atoll Madharusaa.

Within the sessions held for the students of grade 7,8,9 and 10 . The sessions discussed crucial etiquette, advised audience to acknowledge and respect authoritative figures, and reminded them to be responsible children when out in public. Also they were given information about how to act in a situation where they gain knowledge of a crime that's going to take place or has taken place.

During the sessions held for the teachers, they were advised to be good role models for students and to provide equal treatment to all students as they play a huge role in the upbringing of a child. Also, they were advised to be more alert and aware of harmful incidents for students such as bullying, and encouraged to immediately stop or prevent such actions. They were given information on how to encourage students to respect one another and to ensure that they are more disciplined.

Furthermore, in the sessions held for parents, police highlighted common causes of domestic issues and the means to counter them while dealing with challenges that may arise. Also it was emphasized the importance of strengthening family unity and the means to improve family bonds and interactions in order to reduce domestic issues and to enable child protection. Meanwhile facilitators asked that parents monitor children behavior and to identify adverse behavioral shifts and to correct their errors as soon as possible.

vvv

During the sessions which were held separately, team building exercises were conducted for all parties.

In this program, 50 students, 45 parents and all teachers of the school took part.

The sessions were facilitated by experienced officers from Crime Prevention And Public Affairs of Police.

 
th. Guraidhoo

ތ. އަތޮޅު މަދަރުސާގެ އެދުމުގެ މަތިން ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނުން، އެ ސުކޫލުގެ ގްރޭޑް ދޭއްގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނަގައިދީފިއެވެ.

މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ތ.އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަގުމަތީގެ އަދަބުތަކާއި، މަގުމަތީގައި ހިނގާއިރު ސަމާލުކަން ދޭން ޖެހޭނެ ކަންކަމާއި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގައި މަނާކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ދަރިވަރުންގެ ފެންވަރުގައި އެނގެންޖެހޭ މިންވަރަށް ބުނެދީފައިވެއެވެ. މިގޮތުން މަނާ ތަންތަނުގައި ސައިކަލު ޕާކް ކުރުމާއި މަގު ހިނގާ މީހުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ހުންނަ އުޅަނދުތަކުގެ ސަބަބުން ދިމާވާ  ކަންކަމާއި އެކްސިޑެންޓުތައް ހިނގާ ގޮތްތަކާއި އެކަމުގެ ނުރައްކާތެރިކަން ބުނެދީފައިވެއެވެ.

މީގެ އިތުރުން މަގުމަތީގައި ކުޅެން އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި ދުއްވާއެއްޗެއްގެ އަޑު އިވުމުން ރައްކާތެރިކަން ހޯދާނެ ގޮޮތްތައް ބުުނެދިނުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ބުނެދީ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްލާތެރިކަމަށް އަޙުލުވެރި ކުރުވާފައިވެއެވެ.

ތ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާޞިލުކުރާ 28 ދަރިވަރަކު މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

 
Fuvahmulaku-School

To establish a youth which upholds national laws, and are passionate about initiating solutions to social issues is paramount to the prosperity of a country.

Hence as part of a Police serial effort to establish such youth communities across the nation, an awareness program ensued par Fuvahmulah School’s request on the 22nd of August.

This program was structured to discuss common social issues and to provide information regarding local laws to students enrolled in 7th and 8th grade.

Discussing about laws and legislations, facilitators defined the concept of laws and the importance of enforcing them.

Meanwhile the session took an enriching turn as facilitators disseminated valuable information for the young demographic.

Facilitators spoke about common offenses that occur in the Maldivian society, and filtered the topic to juvenile offenses and, or, the impact of certain offenses on minors.

In addition, facilitators spread awareness regarding safe options for juvenile rehabilitation, the methods to assist known minors trapped in unfavorable and illicit circumstance, and to evade such criminal activities themselves.

Furthermore, the session included topics of laws surrounding misdemeanors and transport regulations.

This awareness program is part of a collaborative effort between Fuvahmulah Police Station and Fuvahmulah School.

 

 

v.atoll

ވ. އަތޮޅު ޖެންޑަރއިން އިސްނަގައިގެން، ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ވ. އަތޮޅު ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ ސްކޫލްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ވ. އަތޮޅު މަދަރުސާގެ މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ވ. އަތޮޅު މަދަރުސާގެ ގުރޭޑް 9،8،7،6 އަދި 10 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ މުހިންމު ކަމާއި، އެ ހައްޤުތައް ރައްކާތެރި ކުރުމަށް ކުރެވޭނެ މަސަައްކަތްތަކާއި، ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ މަަސައްކަތްތަކާއި، ކުށެއް ކުރަން އުޅޭކަން ނުވަތަ ކުށެއް ކުރާކަން އެނގޭ ނަމަ ޢަމަލު ކުރަން ޖެހޭ ގޮތްތައް ބުނެދީ ދަރިވަރުން ހޭލުންތެރި ކުރުވާފައި ވެއެވެ.

މުދައްރިސުންނަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްދަޢުރެއް އަދާކުރާ ބައެއްކަމަށް ވެފައި މުދައްރިސުން ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށާއި ދަރިވަރުންގެ މެދުގައި ތަފާތު ކުރުން ނުގެން ގުޅުމަށާއި، ގަނާކުރުން ފަދަ ޢަމަލެއް ހިނގާކަމަށް ފާހަގަ ކުރެވޭ ނަމަ މުދައްރިސުން ޢަމަލުކުރަން ޖެހޭނެ ގޮތްތަކާއި އެކަމުން ދަރިވަރު ސަލާމަތް ކުރުމަކީ މުދައްރިސުންގެ ދަޢުރެއް ކަމުގައި ހަނދާން ކޮށްދީފައިވެއެވެ. އަދި ކުށްތަކުން ދުރު އަމާން މާޙައުލެއް ހުޅުވިގެން ދާނީ މުޖުތަމަޢަށް ނިކުންނަ ދަރިވަރުންގެ ސިކުނޑިތައް ކުށްތަކުން ދުރުކޮށްގެން ކަމަށާއި ދަރިވަރުންގެ މެދުގައި އިޙްތިރާމް ކުރުމާއި ރިވެތި އަޙްލާޤުގެ ވެރި ބަޔަކަށް ދަރިވަރުން ހެދުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު މުދައްރިސުންނަށް ދީފައިވެއެވެ.

މި ޕްރޮގްރާމުގައި، ބެލެނިވެރިންގެ ދަޢުރަކީ ކޮބައިކަމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭނެ އުކުޅުތަކާއި، ފުރާވަރަށް އަންނަ ކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަމާއި، ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިންގެ ކަންކަން ގާތުން ބަލަން ޖެހޭ ކަމަށާއި، ދަރީންގެ ފަރާތުން ކަމެއް ފާހަގަ ކުރެވޭ ނަމަ ލަސްނުކޮށް އެކަމަށް ފިޔަވަޅު އެޅިއްޖެ ނަމަ އެ މައްސަލައެއް ހައްލުވެގެން ދާނެކަން ބުނެދީ ބެލެނިވެރިންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުދީ ހޭލުންތެރި ކުރުވާފައިވެއެވެ.

v

ވަކިވަކީން ކުރިއަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ޓީމް ބިލްޑިންގ އެކްސަސައިޒްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގައި، ވ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާޞިލުކުރަމުންދާ 50 ދަރިވަރުންނާއި 45 ބެލެނިވެރިންގެ އިތުރުން ވ. އަތޮޅު މަދަރުސާގެ މުދައްރިސުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާހުރި ފުލުުހުންނެވެ.

 

މަސްތުވާތަކެއްޗާއެކު މީހަކު ދ. ކުޑަހުވަދޫން ހައްޔަރުކޮށްފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މަރިޔަމް އަޒްލިފާ
police 21

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޓެލިޖެންސާއި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މީހަކު ދ. ކުޑަހުވަދޫން ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ރިސޯޓަކުން ފުރައިގެން ކުޑަހުވަދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮގަސްޓް 24 ވަނަ ދުވަހު 15:43 އެހާކަންހާއިރު ލޯންޗު ކުޑަހުވަދޫ ބަނދަރާއި ގާތްކުރުމުން ލޯންޗު ތެރެއިންނެވެ.

މިމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅެއްފެނިފައިވެއެވެ.

މި މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

 
Fuvahmulaku School

ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް އާންމު އިޖްތިމާޢީ މައްސަލަތަކާއި  ޤާނޫނުތަކާ ގުޅުންހުރި މަޢުލޫމާތު ދިނުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ސްކޫލުން އިސްނަގައިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ގުޅިގެން އޮގަސްޓް 22 ވަނަ ދުވަހު ފުވައްމުލަކު ސްކޫލްގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ގާނޫނަކީ ކޮބައިކަމާއި ގާނޫނު ހެދުމުގެ މުހިންމުކަމާއި މުޖްތަމަޢުގައި ހިންގާ ކުށްތަކާއި އެކުށްތަކުގައި އުޅޭ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކާއި އެމައްސަލަތަކުން އެކުދިން ރައްކާތެރި މާހައުލަކަށް ގެނެވިދާނޭގޮތްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކުށުގެ ވެއްޓެއްގައި އުޅޭކުއްޖަކު ފެނިޖެނަމަ އަމަލުކުރާނޭގޮތާއި ކުށުގެ ވެށިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނޭ ކަންތައްތަކާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ޓީމްތަކަކަށް ބަހާލައިގެން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާދީފައިވެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޤާނޫނުގެ ބައިތަކާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުންވެސް ދަރިވަރުުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މި ސެޝަންގައި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 07 އަދި ގްރޭޑް 08 ގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

 
Shamsuhdheen school

 ހުޅުމީދޫ ޝަމްސުއްދީން ސްކޫލްގެ ލިޓްލް މެއިޑުންނާއި ކަބް ސްކައުޓުންނަށް ފަތަން ދަސްކޮށްދިނުުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

އޮގަސްޓް 23 ވަނަ ދުވަހުންފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި، މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީގޮތާއި ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމީދޫ ޝަމްސުއްދީން ސްކޫލުގެ އެދުމަކަށް ފުލުހުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ 30 ދަރިވަރުން ބައިވެރިވެފައިވއެވެ.

 
Gemanafushi

Ga. Gemanafushi Police Station has conducted an awareness program for Gemanafushi School 1st graders.

This program ensued upon a request from Gemanafushi School on the 22nd of August 2019.

During the visit, Police delivered a briefing structured for the young demographic and informed the audience about Police duties and policing strategies.

Meanwhile, facilitators also exhibited several Police uniforms, along with policing gadgets and tools utilized in operations and elaborated their significance.

Furthermore, the program discussed crucial etiquette, advised audience to acknowledge and respect authoritative figures, and reminded them to be responsible children when out in public.

 
police 7

ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ބޭނުންކޮށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށާއި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ޅ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރުކުރުމުގެ މަސައްކަތުގައިތިބި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ހިންނަވަރު ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ އެރަށުގެ ފަޅު ގެއެކެވެ. އެގޮތުން އެގެ ބަލައިފާސްކުރިއިރު، އެގޭ ބަދިގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވަނިކޮށް ފެނިފައިވެއެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

މި އޮޕަރޭޝަނުގައި ކުށުގެ ވެށިން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 27 އަހަރުގެ ދެ ފިރިހެނުންނާއި 32  އަހަރުގެ ފިރިހެނެކެވެ. މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

 
Gemanafushi

ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން އެރަށު ސްކޫލަށް ޒިޔާރަތްކޮށް، އެ ސްކޫލްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ގެމަނަފުށި ސްކޫލްގެ އެދުމުގެ މަތިން އޮގަސްޓް 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ފުލުހުންގެ ދައުރާއި ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުންގެ އުުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ފުލުހުން ބޭނުންކުރާ ޔުނިފޯމްތަކާއި އެކި އޮޕަރޭޝަންސްތަކުގައި ފުލުހުން ބޭނުންކުރާ ބައެއްތަކެތި ދައްކާލައި އެތަކެއްޗާ ގުޅޭގޮތުންވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ރިވެތި އަދަބުތަކާއި ބޮޑެތި މީހުންނަށް އިޙްތިރާމްކުރުމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މަޢުލޫމާތު ދީފައިވެއެވެ.