އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު، ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ހުދުކުލައިގެ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 473213
ޖަނަވަރީ 10 ވަނަ ދުވަހު ދިދިގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 475520
ޖަނަވަރީ 10 ވަނަ ދުވަހު ރަތްވިލާމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ އޭސަރ ބްރޭންޑްގެ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 475554
ޖަނަވަރީ 12 ވަނަ ދުވަހު ކާނޭޝަން މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ހުއާވެއި ބްރޭންޑްގެ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 475676
ޖަނަވަރީ 13 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހަރުގަނޑެއް. އިންސިޑެންޓް ނަންބަރު 475779
ޖަނަވަރީ 14 ވަނަ ދުވަހު ނީލޯފަރުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ސަޕްލައި ތިން ކޭބަލް. އިންސިޑެންޓް ނަންބަރު 475955
ޖަނަވަރީ 14 ވަނަ ދުވަހު ނީލޯފަރުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ސަޕްލައި ތިން ކޭބަލް. އިންސިޑެންޓް ނަންބަރު 475955
ޖަނަވަރީ 14 ވަނަ ދުވަހު ޖަނަވަރީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 475931
ޖަނަވަރީ 15 ވަނަ ދުވަހު ސައްޔިދުކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 475993
ޖަނަވަރީ 15 ވަނަ ދުވަހު ކަރަންކާ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ސެމްސަން ޖޭ 7 މޯބައިލް ފޯނަކާއި ދެ ޕަވަރބޭންކް. އިންސިޑެންޓް ނަންބަރު 475993
ޖަނަވަރީ 16 ވަނަ ދުވަހު ހެންވޭރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ސެމްސަން ޖޭ 6 މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 475993
ޖަނަވަރީ 16 ވަނަ ދުވަހު އަމީނީމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 476092
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓު ނަންބަރު ވިދާޅުވެދެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.