-- ޕޮލިސް ފައިލް ފޮޓޯ
-- ޕޮލިސް ފައިލް ފޮޓޯ

މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލައިގެ ތުޙުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގެ ތުޙުމަތުގައިި ކޯޓް އަމުރެއްގެ ދަށުން އިއްޔެގެ ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް 3 މީހުން މިއަދު ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދު ކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން 22 އަހަރުގެ ދެ މީހުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 24 އަހަރުގެ މީހާއަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.