މިހާރު މާލޭތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަނާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަގުތުން ވަގުތަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ޔުނިޓުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.

11 ނޮވެމްބަރ 2013
04:00

މުޒާހަރާގެ ބައިވެރިންވަނީ އަމިއްލައަށް އެސަރަހައްދު ދޫކޮށް ގޮސްފައި

03:38

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ފުލުހުން މަސައްކަތްކުރުމުން އަމުރަށް ނުކިމަންތެރިވި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި.

15:15

ސޯސަންމަގު މަޖީދިއްޔާ ސްކޫލު ކައިރިއަށް އެއްވެފައި ތިބި މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަނީ --ފޮޓޯ: ޕޮލިސް މީޑިއާ
03:31

ސޯސަންމަގު މަޖީދީއްޔާ ސްކޫލް ކައިރީ ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ފަށައިފި.

03:21

ފުލުހުން ސަލާމަތީގޮތުން އަޅާފައިވާ ބެރިކޭޑްތައް ފަޅާލައި އެތެރެއަށް ވަތް 3 އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި.

02:24

ސޯސަންމަގު ރޯޝަނީ ބިލްޑިންގ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

02:20

ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިކޭޑަކަށް ޕެޓްރޯލް ކަހަލަ އެއްޗެއް އެޅުމަށްފަހު އަލިފާން ރޯކޮށްލިތާ މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން އަލިފާން ނިއްވާލާފައި

02:19

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުޅިއާއި ގައު ފަދަ ތަކެތި އުކަމުންދާއިރު މުޒާހަރާ ކަވަރ ކުރުމަށް ހަރަކާތްތެރިވާ މީޑިއާ ފަރާތްތަކާއި ދިމާލަށް ފުޅިއާއި ގައު ފަދަތަކެތި ދޭތެރެ ދޭތެރެއިން އުކަމުންދާކަމަށް މަޢުލޫމާތު ލިބޭ

02:18

ސޯސަންމަގު ރޯޝަނީ ބިލްޑިންގ ކައިރީގައި ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިކޭޑެއްގައި އަލިފާން ރޯކޮށްލާފައި -- ފޮޓޯ: ޕޮލިސް މީޑިއާ
02:18

ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑެއްގައި އަލިފާން ރޯކޮށްލައިފި

02:08

ސޯސަންމަގުގައި ހުރި ބައިސަކަލްތަކެއް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ އުކާލާފައި

02:05

ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި، ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅި 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

01:59

ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއެޅި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

01:55

ސޯސަންމަގު ނާދީ ކުރިމަތިން ފުޅިއެއްކަމަށް ބެލެވޭ އެއްޗެއް ގޮއްވާލައިފި

01:05

ސޯސަންމަގުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކުވަނީ ސޯސަންމަގު މަޖީދިއްޔާ ސްކޫލް ކައިރީގައި ހަރުކޮށްފައިހުރި ޓްރެފިކް ލައިޓްތަކަށްވެސް ގެއްލުންދީފައި

00:58

ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި އެތެރެއަށް ވަތް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ

00:49

ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފަޅާލައި އެތެރެއަށް ވަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

00:49

ސޯސަންމަގުގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ ދިމާލަށް ދޭތެރެ ދޭތެރެއިން ދަނީ ގައުފަދަ ތަކެތި އުކަމުން

00:38

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގަލަކުން ޖެހި މުޒާހަރާ ކަވަރ ކުރަމުންދިޔަ ނޫސްވެރިއަކަށް ވަނީ އަނިޔާވެފައި. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން

23:58

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި ގަލަކުން ޖެހިފުލުހަކަށް ވަނީ އަނިޔާވެފައި