މިއީ 09 ނޮވެމްބަރ 2013 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ބްލޫވޭވްގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަގުތުން ވަގުތަށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ޔުނިޓުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.

އޮޕަރޭޝަން ބްލޫވޭވް - އަމާން ރައްކާތެރި ރިޔާސީ އިންތިޚާބަކަށް
09 ނޮވެމްބަރ 2013
16:01

ވޯޓު ފޮށި ބަންދުކޮށްފައިވާ ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގައި ވޯޓު ގުނަން ފަށައިފި

15:33

ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމާއެކު ބައެއް ސަރަޙައްދުތަކުގައި ދަނީ ވޯޓު ފޮށި ބަންދުކުރަމުން. މުޅި ރާއްޖޭގެ އާއްމު މަސްލަހަތު ރަގަޅުކަމަށް ފާހަގަކުރެވޭ

15:29

ތާޖުއްދީން ސްކޫލު ކައިރީގައި ހިންގި ހަމަނުޖެހުމަކާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

15:15

ބ. އަތޮޅު އޭދަފުށީގައި ވޯޓުލުން ކުރިއަށްދާ މަރުކަޒު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
13:35

އއ. އުކުޅަހުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެއްމެންނަށް ފެންނަގޮތަށް ދެއްކުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން ފުލުހުންނަށް އެކަން އެންގުމުން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

13:19

ހއ. ބާރަށު 1 ނަމްބަރު ވޯޓު ފޮއްޓަށް ވޯޓުލުމަށް ގޮސްތިބި ދެ މީހަކު ވޯޓް ކަރުދާސް ދެއްކުމުން ފޮޓޯ ނަގާފައިވާކަމަށް ވޯޓު ފޮށީގެ ވެރިޔާ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެކަން ފުލުހުން ބަލަންފަށައިފި.

11:29

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި އެސް.ޓީ 0.3 ވޯޓް ފޮއްޓަށް ވޯޓުލުމަށްފަހު ބައެއް މީހުން އެތެރޭގައި ތިބުމުން ވޯޓް ފޮށީގެ ވެރިޔާ އެމީހުން ބޭރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދުމުން އެމީހުން ނެރުމުގެ މަސައްކަތް ފަށައިފި

11:11

އިލެކްޝަން ކޮމިޝަންގެ 5 ވަނަ ފަންގިފިލާއަށް ގޮސް ތިބި މީހުންތަކެއް ހަމަނުޖެހުން ހިންގާތީ އިލެކްޝަންސްގެ ފަރާތުން ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުމުން ފުލުހުން އެތަނަށް ގޮސް އެމީހުންނަށް ނަސޭހަތްދީ ފޮނުވާލައިފި

11:00

ދ. ބަނޑިދޫއަށް ގެންދަންޖެހޭ ވޯޓުކަރުދާސް ދ. ރިނބުދޫއަށް ގެންދެވިފައިވަނިކޮށް އެ ވޯޓުކަރުދާސްތައް ޕޮލިސް 27 ނަމްބަރު ލޯންޗުގައި މިހާރު ވަނީ ދ. ބަނޑިދޫއަށް ގެންގޮސްފައި

10:39

ވޯޓުލުން ކުރިއަށްދާ މަރުކަޒެއް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
09:31

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި އެސް.ޓީ 2 ނަންބަރު ވޯޓްފޮއްޓަށް ވޯޓްލުމަށް އައިސްފައި ހުރި މުސްކުޅި މީހެއްގެ އެހީތެރިޔަކު ވޯޓްލީ މައްސަލަ ހައްލުކޮށް ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ

09:21

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި އެސް.ޓީ 2 ނަންބަރު ވޯޓްފޮއްޓަށް ވޯޓްލުމަށް އައިސްފައި ހުރި މުސްކުޅި މީހެއްގެ އެހީތެރިޔަކު ވޯޓް ލުމާއި ގުޅިގެން އެ ވޯޓް ފޮއްޓަށް ވޯޓްލުން ވަގުތީ ގޮތުން ވަނީ ހުއްޓާލާފައި

09:18

ދ. ބަނޑިދޫއަށް ގެންދަންޖެހޭ ވޯޓުކަރުދާސް ދ. ރިނބުދޫއަށް ގެންދެވިފާ ހުއްޓާ ޕޮލިސް 27 ނަމްބަރު ލޯންޗުގައި ރިނބުދޫން ބަޑިދުއަށް ވޯޓުކަރުދާސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން

09:10

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކާއި ވޯޓު ކަރުދާސް ފޮޓޯ ނެގި މީހަކު އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އެކަން ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

07:30

ދ. ބަނޑިދޫގައި ދިމާވި ވޯޓު ކަރުދާސް މަދުވި މައްސަލަ ހައްލުކޮށް މިހާރު ވޯޓު ލުމުގެ ކަންތައް ކުރިއަށްދަނީ. އެ ރަށަށް ވޯޓުކަރުދާސް ގެންދިއުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުން.

07:00

މާލެއާއި އަތޮޅުތެރޭގެ ބައެއް މަރުކަޒުތަކެއްގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ.

06:40

ވޯޓުލާ މަރުކަޒުތަކަށް ގެންދަންޖެހޭ ހުރިހާ ސާމާނެއް ގެންގޮސް ނިމިއްޖެ.

06:00

އަތޮޅުތަކުގެ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު ބައެއް ރަށްރަށުގައި ވަނީ ވޯޓުލާން ކިއު ހަދާފަ.

05:55

އިލެކްޝަންސް އޮފިޝަލުންނާއި ފުލުހުންގުޅިގެން މާލޭގެ ވޯޓު ފޮށި ބަހައްޓާ މަރުކަޒުތަކަށް ވޯޓުލާން ބޭނުންވާ ސާމާނުތައް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން.

00:10

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ކާމިޔާބުކަމާއެކު ގެންގޮސް ނިމިއްޖެ. އަދި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ސަރަހައްދެއްގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.

08 ނޮވެމްބަރ 2013
22:34

ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގއ. ކޫއްޑޫ ފިޔަވައި އެހެން ހުރިހާ ރަށްތަކަށް ވޯޓް ކަރުދާހާ އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިއްޖެ.

21:58

ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިފައިވާ ހުރިހާ ރަށްތަކުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އެ ހުރިހާ ރަށެއްގެވެސް އާއްމު ހާލަތު ރަގަޅު.

19:46

ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިއްޖެ. ގއ. އަތޮޅުގެ 05 ރަށް ފިޔަވައި ދެންހުރި ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް މިހާރު ވަނީ ގެންދެވިފައި. މި 05 ރަށަށް މިރޭ 21:00 ހާއިރު ތަކެތި ގެންގޮސް ނިންމާލެވޭނެކަމަށް ލަފާކުރެވޭ.

18:40

ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް ހިފައިގެން އޭދަފުށިން އުޅަނދެއް ފުރަން ތައްޔާރުވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
18:27

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިއްޖެ.

18:23

ރ. އަތޮޅު، ގއ އަދި ގދ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކުގައި ހިމެނޭ ރަށްރަށަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިއްޖެ.

14:15

ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންގޮސް ނިމިއްޖެ.

13:45

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އަތޮޅު ތެރޭގައި ރަށްރަށް ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ދަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް ހއ. ހދ. ށ. ނ. ރ. އަތޮޅާއި ބ. އަތޮޅުގެ ގިނަ ރަށްރަށަށް ވަނީ ވޯޓު ކަރުދާހާއި ވޯޓާއި ގުޅެ އެހެނިހެން ސާމާނު ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން މ. އަތޮޅުގެ ރަށްރަށަށާއި ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްރަށަށްވެސް ދަނީ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ބަހަމުންނެވެ. މީގެ އިތުރުން މެންދުރުފަހު އެހެން އަތޮޅުތަކުގައިވެސް ރަށްރަށަށް ވޯޓުކަރުދާހާއި ވޯޓާއި ގުޅޭ ތަކެތި ގެންދިއުމުގެ މަސައްކަތް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ޙަރަކާތްތެރިވާނެއެވެ.

ރިޔާސީ އިންތިޚާބުގައި ނިއުދިއްލީގައި ހުންނަ ވޯޓު ފޮށްޓަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެއްޗާއެކު މިއަދުގެ ހެނދުނު 09:05 ގައި ފުލުހުންގެ ސެކިއުރިޓީ އޮފިސަރަކު ވަނީ ފުރާފައެވެ. އަދި މެންދުރުފަހު 14:20 ގައި ޓްރިވެންޑްރަމަށް ވޯޓުކަރުދާހާއި ވޯޓާގުޅޭ ތަކެތި ހިފައިގެން ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ފުރާނެއެވެ.

07 ނޮވެމްބަރ 2013
19:00

އަތޮޅު ތަކަށް ވޯޓުކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް ގެންދަން ފަށައިފި

ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް ހިފައިގެން އުޅަނދެއް ފުރަން ތައްޔާރުވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ކަރުދާސްތަކާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ އަދި އެހެނިހެން ލިޔެކިޔުންތައް އަތޮޅުތަކަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއަދު ހަވީރު 16:00 ން ފެށިގެން ފުލުހުންގެ އެކިއެކި ފްލީޓް ތަކުގައި އިންތިޚާބުގެ ތަކެތި އުފުލަމުންދަނީ އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތިންނެވެ.

މިހާތަނަށް ކ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅުތަކަށް ފޮނުވަންޖެހޭ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ހިފައިގެން މިހާރު ވަނީ މާލެއިން ފުރާފައެވެ. މިގޮތުން ހއ. ހދ. ށ. އަދި ޅ. އަތޮޅަށް ފުރާފައިވަނީ ޕޮލިސް 17 ނަމްބަރު ލޯންޗެވެ. ވ. މ. ތ. ލ. ގއ. ގދ. ޏ. ސ. މިއަތޮޅުތަކަށް ފުރާފައިވަނީ ޕޮލިސް 19 ނަމްބަރު ލޯންޗުގައެވެ. ނ. ރ. ބ. މިއަތޮޅުތަކަށް ފުރާފައިވަނީ ޕޮލިސް 20 ނަމްބަރު ލޯންޗެވެ. ފ. ދ. އއ. އދ. މިއަތޮޅުތަކަށް ގޮސްފައިވަނީ އެއަތޮޅުތަކުގައި މަސައްކަތް ކުރާ ޕޮލިސް ލޯންޗް ތަކުގައެވެ.

މާލެ އަތޮޅާއި ރިޒޯޓުތަކަށް ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި ހިފައިގެންދާ ލޯންޗްތައް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތުތަކުގައެވެ.

ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތެރެއިން ލަންޑަނަށް ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރު ފުރާފައިވަނީ މިއަދު ހެނދުނު 09:05 ގައެވެ. އަދި ކޮލަމްބޯގައި ހުންނަ ވޯޓު ފޮށްޓަށް ބޭނުންވާ ކަރުދާހާއި އެހެނިހެން ތަކެއްޗާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރު މިއަދު 15:40 ގައި ވަނީ ފުރާފައެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ޝެޑިއުލް އަށް އިތުރު ބަދަލެއް ނާންނަނަމަ މިރޭ 20:45 ގައި ސިންގަޕޫރަށާއި މެލޭޝިޔާއަށް ގެންދާ ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ދަތުރުކުރަން ފަށާނެއެވެ. އަދި މާދަމާގެ ވަގުތުތަކުގައި ދިއްލީއަށާއި ޓްރިވެންޑްރަމް އަށް ވޯޓު ކަރުދާހާއެކު ފުލުހުންގެ ސެކިއުރިޓީ އޮފިސަރުން ފުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.