ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ތިޖޫރިއެއް - ޕޮލިސް ލައިފް ފައިލް ފޮޓޯީ
ވަގަށް ނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ތިޖޫރިއެއް - ޕޮލިސް ލައިފް ފައިލް ފޮޓޯީ

ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި 5 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުޤީޤު ފަށައިފިއެވެ.

ތިޖޫރި ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް ފ. އަތޮޅު ކައުންސިލް އިދާރާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުގެ 07:56 ހާއިރުއެވެ.

މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލާފައިވަނީ އެ އޮފީހުގެ ކުޑަ ދޮރެއް ހަލާކޮށްލައިގެން އެ އިދާރާގެ އެކައުންޓް ސެކްޝަނަށް ވަދެއެވެ.

މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ތަޙޫޤީޤު ކުރުމަށް ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ތަހުޤީޤު ޓީމާއި ފޮރެންސިކް ޓީމު މިހާރު ދަނީ ނިލަންދޫގައި ހަރަކާތްތެރިވަމުންނެވެ.