ޕޮލިސް ފައިލް ފޮޓޯ
ޕޮލިސް ފައިލް ފޮޓޯ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އިނގިލީގެ ނިޝާން ޞައްޙަކަން ދެނެގަތުމަށް ހުށަހެޅި 350 ފޯމުގެ ޞައްޙަތޯ ބެލުމުގެ މަސައްކަތް ފުލުހުން ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްެރޭޝަނުން ފުލުހުންނަށް ހުށަހަޅައިގެން 350 ފޯމު ޞައްޙަކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ކަމުގެ ތަޖުރިބާކާރުންނެވެ. މިފޯމުތަކުގެ ޞައްޙަކަން ދެނެގަތުމަށް ފުލުހުން 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފައެވެ.

މިފޯމުތަކުގެ ޞައްޙަކަން ބެލުމަށްފަހު އެނަތީޖާ ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށެވެ.