ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުޤީޤަށް ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު 3 މީހެއްގެ މައްސަލަ ތަހުޤީޤް ނިންމުމަށްފަހު އެޓާނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައި ވަނީ ރ. ކަނދޮޅުދޫ / ކަށިމާގެ ޢުމުރުން 24 އަހަރުގެ ޢަލީ ޝަފީޤްއާއި، ކ. ގުރައިދޫ / މުތީގެ ޢުމުރުން 22 އަހަރުގެ އަޙުމަދު އިލްހާމްއާއި، ކ. ގުރައިދޫ / ހަނދުވަރީމަންޒިލް ޢުމުރުން 34 އަހަރުގެ އިބްރާހިމް ޝިހާމްގެ މައްސަލައެވެ.