1

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިރިލަންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހިރިލަންދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެތަކެތި ހޯދާފައިވަނީ އެރަށު އޫރީދޫ އެންޓެނާ ސަރަހައްދުންނެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މިމައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހގީގު ކުރަމުންނެވެ.