viber_image_2021-12-26_08-05-11-697

ރ. މަޑުއްވަރީ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޑިސެމްބަރު 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެހަރަކާތުގައި ޗުއްޓީއާއި ހިތާނު ކުރުމުގެ ހަރަކާތްތަކާ ގުޅިގެން ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުވާފައިވެއެވެ. އެގޮތުން ޗުއްޓީއަށް ތަންތަނަށް ދާއިރު ގެތައް ރަނގަޅަށް ތަޅުލުމަށާއި މުދާ ރައްކާތެރިކުރުމާއި ވައްކަންތައް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ވައްކަމެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާއި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ހިޔާލު ހޯދާފައިވެއެވެ.

މިހަރަކާތުގެ ތެރެއިން މަޑުއްވަރީގެ 60 އަށްވުރެ ގިނަ ގޭބިސީތަކަސް ޒިޔާރަތްކޮށްފައިވާއިރު، ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭ މައުލޫމާތު ހިމެނޭ ލުއިފޮތާއި މަޑުއްވަރީގައި ހުރި މުހިންމު ތަންތަނުގެ ފޯނު ނަންބަރުތައް ހިމެނޭ ސްޓިކާއެއް ފޯރުކޮށްދީފައިވެއެވެ.