MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ހުޅުމާލެ ޕޮލިސް ސްޓޭޝަން

ޑިސެމްބަރ 3 ވަނަ ދުވަހު ހުޅުމާލެ ފޭސް ދެއަކުން ހޮވައިގެން ގެނެސްފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 506367

ޑިސެމްބަރ 4 ވަނަ ދުވަހު ހުޅުމާލެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބެޓެރި ތިން ބުރުމާ. އިންސިޑެންޓް ނަންބަރ 506510

މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަން

ޑިސެމްބަރ 20 ވަނަ ދުވަހު މޯލްޑިވް ގޭސް ޕާކިންޒޯނު ތެރެއިން ފެނިފައިވާ ވެރިއަކުނެތް 20 ފޫޓުގެ ދެ ބޮނޑި ކަރަންޓުނަރު. އިންސިޑެންޓް ނަންބަރ 507988

ޑިސެމްބަރ 23 ވަނަ ދުވަހު ސަލްޓަންޕާކު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 200 ރުފިޔާ. އިންސިޑެންޓް ނަންބަރ 508360

ޑިސެމްބަރ 23 ވަނަ ދުވަހު އާޓިފިޝަލް ބީޗުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ  ހެޑް ލޭމްޕެއް. އިންސިޑެންޓް ނަންބަރ 508305

ޑިސެމްބަރ 25 ވަނަ ދުވަހު ޓެކްސީއަކުން ދަތުރުކުރި މީހަކު ހަނދާންނެތި އެ ޓެކްސީގައި ބާއްވާފައިއޮތް ރެޑްމީ 6 އޭ ކަޅުކުލައިގެ ފޯނެއް. އިންސިޑެންޓް ނަންބަރ 508523

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލުޅޮ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

ޑިސެމްބަރ 20 ވަނަ ދުވަހު ކުދިރަތްމާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި. އިންސިޑެންޓް ނަންބަރ 508010

ޑިސެމްބަރ 23 ވަނަ ދުވަހު އަސަރީ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި މައިކަކާއި ކަރަންޓު ވާގަނޑަކާއި ޕަވަރބޭންކެއް. އިންސިޑެންޓް ނަންބަރ 508311

ޑިސެމްބަރ 24 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އެކްސެލް  ދަޅުތަކެއް. އިންސިޑެންޓް ނަންބަރ 508416

މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.