2

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޑްރަގް ކައުންސިލުން އެންޑޯޒްކޮށްފައިވާ 12 ޕޮއިންޓް އެކްޝަން ޕްލޭންގެ ތެރެއިން، މަސްތުވާތަކެއްޗާ ގުޅުންހުރި ފައިނޭންޝަލް އިންވެސްޓިގޭޝަނަށް ހާއްސަކޮށްގެން ޓްރެއިނިންގ ކޯހެއް ފަށައިފިއެވެ.

އެ ކޯހަކީ ''ފައިނޭންޝަލް ކްރައިމްސް މަނީ ލޯންޑްރިންގ އެންޑް ޓެރަރިޒަމް ފައިނޭންސިންގ އިންވެސްޓިގޭޝަން'' ގެ ނަމުގައި، ނޮވެމްބަރ 29 ވަނަ ދުވަހުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޓްރެއިނިންގ ކޯހެކެވެ.

އެގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގައި، މިފަދަ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ކޯހުގެ ސަަބަބުން، މިހާރު ދިމާވަމުން އަންނަ ފައިނޭންޝަލް ކްރައިމްސްއާ ގުޅުންހުރި މައްސަލަތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާއި ރޭވި އިންތިޒާމުކުރެވިގެން ކުރިއަށް ގެންދާ ޑްރަގް ޓްރެފިކިންގއާ އަދި އެއާ ގުޅުންހުރި މަނީ ލޯންޑްރިންގ ކުށްތައް ތަހުގީގުކުރާ ފަރާތްތަކުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެއެވެ.

3

30 ބައިވެރިންނާއެކު ކުރިއަށް ގެންދާ އެ ކޯހުގައި ކިޔަވައިދެއްވާނީ އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާފައިވާ ރިޓަޔާޑް އިންސްޓްރަކްޓަރުންނެވެ.