11

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު 2020/34 ގެ ހަތް ވަނަ މައްދާގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ.

އެ ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން، ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެއެވެ. އަދި މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓު ތަކުން ކުރުމަށް ހަމަޖެހިފައިވެއެވެ.

10

ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާއި ފަސް ރީޖަންގެ ކޮމާންޑަރުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތަކާ އަދި ޖަމުއިއްޔާތައް ހިމެނޭހެން 35 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް އެ ވޯކްޝޮޕް ކުރިއަށް ގެންދާނެއެވެ.

9

ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތް ދޭންވާނީ ލާމަރުކަޒީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށް ކަމުގައި، އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި، ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން، ކަނޑައެޅޭ ސަރަހައްދުތަކުގައި ގާއިމުކުރެވޭ ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް އަންނަނިވި ކަންކަން ކުރަންވާނެ ކަމަށް އެ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ރައްޔިތުންނާއި، ކައުންސިލުތަކާއި މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ މަސައްކަތަށް ހޯދުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުމާއި،  އިސްކަންދީގެން މަސައްކަތްކުރާނެ ކަންތައްތަކުގެ ތާވަލެއް ނުވަތަ ޕްލޭނެއް، ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް އެކުލަވާލައި ހިންގުމާ އަދި ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް ކައުންސިލްތަކުގެ މަޝްވަރާގެ މަތިން ފުލުހުން އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.