ކުލަބް މޯލްޑިވްސް ކަޕް: ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖާވިދު އިސްމާޢީލް
viber_image_2021-11-24_11-31-43-728

ކުލަބް މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެންދި ސްކޫލު ކައިރީގައި އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ޓީމް އެލައިޑާ ވާދަކޮށް 4-1 ންނެވެ.

މިމެޗުގައި ޕޮލިސް ކުލަބުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ރިފްޝާން އެވެ. ދެން ލަނޑު ޖަހައިދިނީ އަލީ ފަހުމީ އާއި ޒާޔިދު މުސްތަފާއެވެ. އެލައިޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަންސަރު އިބްރާހިމްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ އަލީ ރިޝްވާންއެވެ.

ކުލަބް މޯލްޑިވްސް ކަޕްގައި ޕޮލިސް ކުލަބު ވާދަކުރާ ދެވަނަ މެޗުގައި ނޮވެމްބަރު 27 ވަނަ ދުވަހުގެރޭ ނުކުންނާނީ ޓްރޭޑް ކުލަބާ ދެކޮޅަށެވެ.