ށ. ފޭދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޖާވިދު އިސްމާޢީލް

Feydhoo

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފޭދޫ ޕޮލިސް ޕޯސްޓް ގުޅިގެން ފޭދޫ ރައްޔިތުންނާއި އެރަށު ސްކޫލު ދަރިވަރުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުތަކުގެ ތެރެއިން ވަނީ ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައެވެ. އެގޮތުން މި ޕްރޮގްރާމުގައި  އާންމުކޮށް ރަށުގައި ހިނގާ ކުއްތަކާއި އެކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާޓު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކާ ގުޅޭގޮތުންނާއި، މުދަލާއި ފައިސާ ރައްކާތެރިކުރުމާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

Feydhoo1

 ފޭދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުންނާއި، ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަމާއި ކުށުގެ ވެށިން ދަރިން ސަލާމަތް ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާއި ސައިބަރ ކްރައިމްގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި މައުލޫމާތު ދީފައިވަނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޙަލީމް އެވެ.