Th.Atoll2

އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ. އަތޮޅުގެ ތިން ރަށެއްގައި ހިންގައިފިއެވެ.

މި އޮކްޓޯބަރު 24 ން 27 އަށް މި ޕްރޮގްރާމް ހިންގާފައިވަނީ ތ. އަތޮޅު ތިމަރަފުށި، އޮމަދޫ އަދި ކިނބިދޫގައެވެ. މި ޕްރޮގްރާމުގެ ތެރެއިން އެރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

Th.Atoll

ތ. އަތޮޅު ޕޮލިސް އާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި މި ޕޮރޮގްރާމުގައި މައުލޫމާތު ދީފައިވަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީކަންކަމާއި ބައިސްކަލް ދުއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުންނެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ސާޖަންޓް އަލީ ފަސީޙްއެވެ.