TheftImpersonationSuspect

ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދިޔައީ ބަނގްލަދޭޝް ރައްޔިތެއްކަށްވާ ތަންވީރު އިސްލާމް (28އ) އެވެ.

ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މާލެއިންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލައިގެ އިތުރުން ތަންވީރު އިސްލާމްއަށް ތުހުމަތުކުރޭ އިތުރު ތިން މައްސަލައެއްވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.