MPS2253

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

އޮކްޓޯބަރ 22 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރާޒުވާ ބޯޑުތަކެއް. އިންސިޑެންޓް ނަންބަރ 502020

އޮކްޓޯބަރ 24 ވަނަ ދުވަހު ހެންވޭރު ސަހަރާކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 502294

އޮކްޓޯބަރ 25 ވަނަ ދުވަހު ކަނޑިދޮންމަނިކު ހިނގުމުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިޔާ ބްރޭންޑުގެ މޯބައިލް ފޯނެއް. ރުފިޔާ. އިންސިޑެންޓް ނަންބަރ 502328

އޮކްޓޯބަރ 25 ވަނަ ދުވަހު ސޯސަންމަގު ގެއަކުން ވައްކަންކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބުރުމާ ބެޓެރިއަކާއި، އަތު ރޮންދާއަކާއި ތިން ފައިވާން. އިންސިޑެންޓު ނަންބަރ: 502356

އޮކްޓޯބަރ 25 ވަނަ ދުވަހު ހެންވޭރުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހޮޅިބިޑި ގޯންޏެއް. އިންސިޑެންޓު ނަންބަރ: 502404

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.