15

ޕޮލިސް އެކަޑަމީގެ އިންސަރވިސް އެންޑް ކޯޕަރޭޓް ޓްރެއިނިންގ ސެންޓަރުން ކުރިއަށް ގެންދިޔަ އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެޑް އޮފް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުޙައްމަދު ބަޝީރު ދެއްކެވި ވާހަކަ ފުޅުގައި، މި ޕްރޮގްރާމުން ދަސްވި އެއްޗެއްގެ އަލީގައި މި ހިދުމަތުގެ ތަހުގީގީ ދާއިރާއަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދީ ފުލުހުންގެ ހިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކޮށްދިނުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލައި އިންސާފާއި ހައްގުތައް ހޯދައި ދިނުން އަވަސްކުރުމަށް މަސައްކަތް ކޮށްދިނުމުގެ އިތުރުން މައްސަލަ ހުށަހަޅާ ފަރާތްތަކަށް މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

14

އިންވެސްޓިގޭޝަން އޮފިސަރުންގެ ގޮތުގައި މުއައްޒަފުން ތަމްރީނު ކުރުމަށް ސެޕްޓެމްބަރ މަހުގެ 15 އިން 3 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 32 ފުލުހަކު ބައިވެރިވެ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.

އެ ރަސްމިއްޔާތުގައި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުގެ އިތުރުން  ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ޓްރެއިނިންގ އެންޑް ޑިވަލޮޕްމަންޓާއި ފޮރެންސިކް ސަރވިސްގެ އިސް މުވައްޒަފުންގެ އިތުރުން ކިޔަވައިދެއްވި މުދައްރިބުންނާއި ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

16

އެ ޕްރޮގްރާމުގައި، ގާނޫނުގެ ބައިތަކާއި ކްރައިމް ސީން އިންވެސްޓިގޭޝަން، އިންވެސްޓިގޭޝަން މެނޭޖްމަންޓް، އިންވެސްޓިގޭޝަން އިންޓަވިއުއިންގެ އިތުރުން ކްރިމިނަލް އިންވެސްޓިގޭޝަންގެ ބައިތައް ކިޔަވައިދީފައިވެއެވެ. އޭގެ އިތުރުން، އެ ޕްރޮގްރާމުގައި، އޮސްޓްރޭލިއަން ފެޑަރޭޝަން ޕޮލިސްގެ ބޭފުޅުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އަދި ކްރިމިނަލް ކޯޓުގެ ފަރާތުން ބައެއް ސެޝަންތައް ކުރިއަށް ގެންގޮސްދީފައިވެއެވެ.